13 Jul 2026, 17:00 UTC863 views5 reactionsread 21 August 2026 ދުލަކީ ހަށިގަނޑުގެ ކުޑަ ގުނަވަނެއް ނަމަވެސް، އޭގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ތިބާ ދައްކާ ބަހެއްގެ ސަބަބުން މީހެއްގެ ހިތުގައި ޖެހި، ނުވަތަ މީހެއްގެ އަބުރަށް އަރައިގަނެވިއްޖެ ނަމަ، އެމީހާގެ މާފު ނުލިބޭހާ ހިނދަކު ތިބާގެ ހެޔޮ ޢަމަލުތަކުން އެމީހާ އަށް ބަދަލުދޭން ޖެހޭނެ ދުވަހެއް އަންނާނެއެވެ. އެ ދުވަހުން ތިބާގެ ނަމާދާއި ރޯދައިގެ ޘަވާބުތައް ހުސްވެ، ހުސްއަތާ ހުންނަން ޖެހުމަކީ ކިހާ ހިތާމަވެރި ކަމެއް ހެއްޔެވެ؟ ނުވަތ…
❤5
Signed Mohamed Shafiu
13 Jul 2026, 16:42 UTC363 views2 reactionsread 21 August 2026 Photo
ތިމާ ކުރާ ކޮންމެ ކަމެއްގައިވެސް ނިޔަތް އިޚްލާޞްތެރި ކުރާށެވެ. ތިމާ ހިނގަމުންދަނީ ސީދާ މަގުން ކަމަށްވާނަމަ، އެހެން މީހުން ދައްކާ ނޭދެވޭ ވާހަކަތަކުން ތިމާގެ މިސްރާބު ބަދަލުވިޔަ ނުދޭށެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވީވަރަކަށް، އެހެން މީހުންގެ ބަސްތަކުން ކުރާ އަސަރު ކުޑަވާނެއެވެ.
❤2
Signed Mohamed Shafiu
13 Jul 2026, 16:41 UTC295 views1 reactionsread 21 August 2026 Photo
ދުވަހުގެބަސް
ހަޔާތްބޭކާރު ނުކުރާށެވެ!
❤1
Signed Mohamed Shafiu
13 Jul 2026, 16:40 UTC284 views1 reactionsread 21 August 2026 ދުނިޔެއާއި އޭގެ ޒީނަތްތެރިކަމަށް ތިބާ ނުހެއްލޭށެވެ. މަރު އައިސް ތިބާއާއި މި ދުނިޔެ ޔަގީނުންވެސް ފަނާކޮށްލާނެއެވެ. މާދަމާ ތިބާ ދާން އޮތް ގޮވައްޗަށްޓަކައި އަމަލުކުރާށެވެ. އެތަނުގެ ދޮރުވާނަކީ ރިޟްވާން ޢަލައިހިއްސަލާމެވެ. އެތަނުގެ އަވަށްޓެރިއަކީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެވެ. އަދި އެތަން ބިނާކުރެއްވީ ރަޙުމާންވަންތަ ރަސްކަލާނގެއެވެ. އެތަނުގެ ގަނޑުވަރުތަކާއި ފަސްގަނޑާއި ވިނަތައްވެސް އަހަރެމެން ޢަޖާއިބުކުރުވ…
❤1
Signed Mohamed Shafiu
13 Jul 2026, 16:40 UTC204 views2 reactionsread 21 August 2026 މި ދުނިޔޭގެ ޙަޤީޤީ އުފަލަކީ ދުނިޔޭގެ ވަގުތީ އުފާތައް ދޫކޮށްލުމެވެ. އެކަން އެނގިހުރެމެ އިންސާނާގެ ނަފްސު ކަރުނައަޅަނީ ދުނިޔެއަށްޓަކައެވެ. ދުނިޔެމަތީގައި ހޭބޯނާރާ އަހަރެމެން މި އެއްކުރާ މުދާ މި އެއްކުރަނީ ވާރުތަވެރިންނަށެވެ. އަދި ގެދޮރު ބިނާކުރަނީ ޒަމާންތައް ފާއިތުވެ އެތަންތަން ފަނާވެ ދިއުމަށެވެ.
މަރުވުމަށްފަހު އިންސާނާއަށް އޭނާ ދިރިއުޅޭނެ އެހެން ގެއެއް ނުވެއެވެ. އޭނާ ދިރިއުޅޭނީ މަރުވުމުގެ ކުރިން އޭނާ ބިނާކުރި ތަނެއްގ…
❤2
Signed Mohamed Shafiu
13 Jul 2026, 16:39 UTC190 views1 reactionsread 21 August 2026 "މީހެއްގެ ދުވަހުގެ ވަގުތުތަކުގައި ބަރަކާތް ލައްވާނެ އެންމެ މުހިންމު ސަބަބަކީ، އެ ދުވަހެއްގައި ކީރިތިޤުރުއާން ކިޔެވުމެވެ. ގަބޫލުކުރާށެވެ! ތިބާގެ ދުވަހުގެ ތެރޭގައި ޤުރުއާން ކިޔަވައިފިނަމަ، އެހެން ދުވަސްދުވަހުން ނުނިންމޭހާ ގިނަ މަސައްކަތްތައް އެ ދުވަހެއްގައި ނިންމާލުމުގެ ތައުފީޤު ލިބޭނެއެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި ކީރިތިޤުރުއާނަށް އޮންނަ ސަމާލުކަން ކުޑަވެގެން ދިޔުމުގެ ސަބަބުން، އަޅުގަނޑުމެންގެ ވަގުތުތަކުން ބަރަކާތ…
❤1
Signed Mohamed Shafiu
13 Jul 2026, 16:39 UTC177 viewsread 21 August 2026 Photo
ބޮޑެތި އަޅުކަންތަކައިގެން އަންނަ މީހާ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން ޤިޔާމަތްދުވަހު ބަނގުރޫޓުވާކަން އެނގޭ ހެއްޔެވެ؟
Signed Mohamed Shafiu
13 Jul 2026, 16:38 UTC176 viewsread 21 August 2026 ފާޚާނާގައި ގިނައިރު ހޭދަކުރުމުން ދުރުހެލިވާށެވެ.
ޢިކްރިމާ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ. "ލުޤުމާނުގެފާނަކީ އެކަލޭގެފާނުގެ ސާހިބުމީހާގެ އަޅުންގެ ތެރެއިން އެންމެ މަޑުމައިތިރި އަދި އެންމެ އާދައިގެ ގޮތެއްގައި އުޅުއްވި އެއްބޭކަލެކެވެ. އެކަލޭގެފާނުގެ ޙިކުމަތްތެރިކަމުގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެންދިޔަ ކަމަކީ، އެކަލޭގެފާނުގެ ސާހިބުމީހާ ފާޚާނާއަށް ވަދެ ވަރަށް ގިނައިރު އިށީނދެގެން އިނުމުން ހިނގައިދިޔަ ހާދިސާއެކެވ…
Signed Mohamed Shafiu
13 Jul 2026, 16:38 UTC141 viewsread 21 August 2026 Photo
އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ފާޚާނާގައި ބޭނުމެއް ނެތި ގިނައިރު މަޑުނުކުރާށެވެ. އެހެނީ، އެއްވެސް ބޭނުމެއް ނެތި އެފަދަ ތަންތަނުގައި މަޑުކުރުމަކީ މަކްރޫހަ ކަމެކެވެ. ސަބަބަކީ އެއީ ޝައިޠާނުން ހާޒިރުވާ ތަނަކަށް ވުމާއި، އައުރަ ކަޝްފުކުރެވޭ ތަނަކަށް ވާތީއެވެ." شرح العمدة (١/٦٠).
Signed Mohamed Shafiu
13 Jul 2026, 16:37 UTC139 viewsread 21 August 2026 ކޮންމެ ދުވަހެއް ނިމިގެންދާއިރު ހާދަހާވާ ގިނަ ބަޔަކާ އަހަރެމެން ބައްދަލުވެއެވެ. މަސައްކަތުގެ މާޙައުލުންނާއި އަހަރެމެންދާ ކޮންމެ ތާކުންނެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނެވެ. ކޮންމެ މީހަކާ ބައްދަލުވާއިރުވެސް އެމީހާއަށް ސަލާމްގޮވާލާނަމަ، ކޮންމެ ދުވަހެއް ނިމޭއިރު، ހަމައެކަނި ސަލާމްގޮވާލައިގެންވެސް ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލެވޭނެއެވެ. އެހާގިނަ ޘަވާބު ލިބޭނެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ.
"السَّلَامُ عَلَيْكُم…
Signed Mohamed Shafiu
13 Jul 2026, 16:36 UTC135 views1 reactionsread 21 August 2026 ތިބާގެ އަނބިމީހާ ނުވަތަ އަންހެން ދަރިފުޅު، އިސްލާމީ އުސޫލުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުންއަޅައި އުޅޭއިރު، އެކަމާ މެދު ތިބާ ރުހިގެން ހުރުމަކީ ގިޔާމަތް ދުވަހުން އެކަމުގެ މަސްއޫލިއްޔަތު ތިބާ އުފުލަންޖެހޭނެ ކަމެކެވެ.
މާތް ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވެއެވެ. وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ، وَهُوَ مَسْؤُولٌ عَنْ رَعِيَّتِهِ.-رواه البخاري
"ފިރިހެނަކީ އޭނާގެ އަހުލުވެރިންގެ މައްޗަށް ހުރި ބަލަދުވެރިއެކެވެ. އަ…
❤1
Signed Mohamed Shafiu
13 Jul 2026, 16:36 UTC144 views1 reactionsread 21 August 2026 ދުނިޔޭގެ ފިތުނަތަކާއި އޮއިވަރުގެ ތެރެއަށް ތިބާގެ ދަރިފުޅު ދޫކޮށްނުލާށެވެ.
ބަފައިވަންތަކަމަކީ ހަމައެކަނި ކާބޯތަކެތި ހޯދައިދީ ދިރިއުޅުމުގެ މާއްދީ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. އިސްލާމީ ޢަޤީދާއާއި މާތް ސިފަތަކާއި އުޞޫލުތަކުން ތިބާގެ ގެދޮރު ހުސްވެފައި އޮވެގެން ނުވާނެއެވެ.
"ދަރިފުޅާ! ނަމާދުކޮށްފިންހެއްޔޭ" އަހައި، ނަމާދުގެ ކަންކަން ބަލައި ކަށަވަރުކުރާށެވެ. އެހެނީ މާދަމާ ﷲގެ ޙަޟްރަތުގައި އެ ދަރިފުޅާ މެދު ތިބާއާ ސުވާލު…
❤1
Signed Mohamed Shafiu
Showing the 12 most recent of 20 posts we hold for @sheikhmohamedshafiu. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.